ކައުންސިލް މެމްބަރުންގެ ޒިންމާތައް:
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލްތަކަކީ، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ސީދާ ރައްޔިތުންނާ ގުޅިފައިވާ އެންމެ އަސާސީ ފަންތިއެވެ. ކައުންސިލްތަކުގެ މައިގަނޑު މަސްއޫލިއްޔަތަކީ، އެ އިދާރާއެއްގެ އިޙުތިޞާސް ހިނގާ ސަރަޙައްދުގައި ހުރި ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކޮށްގެން، ރައްޔިތުންނަށް ބޭނުންވާ ރަށްވެހިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، އިޖުތިމާޢީ ދުޅަހެޔޮކަން ކުރިއަރުވައި، އަމާން އަދި ރައްކާތެރި ވެއްޓެއް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަކީ ކައުންސިލްތަކުން އަދާކުރަންޖެހޭ އެންމެ މުހިންމު އެއް ވާޖިބެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ރަށްވެހިކަމުގެ ޚިދުމަތްތަކާއި ޤާނޫނުން ކަނޑައަޅާ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ތަންފީޒީ ބާރު ކައުންސިލްތަކަށް ލިބިދީފައިވެއެވެ. މީގެ އިތުރުން، ދައުލަތުގެ ޤާނޫނުތަކާއި މަރުކަޒީ ގަވާއިދުތަކާ ފުށުނާރާ ގޮތުގެ މަތިން، ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ގަވާއިދުތައް ހަދައި ހިންގުމުގެ ބާރުވެސް ޤާނޫނުން ކައުންސިލްތަކަށް ކަށަވަރުކޮށްދެއެވެ.
ކައުންސިލް މެންބަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް:
• ޢުމްރާނީ ތަރައްޤީއާއި އިމާރާތްކުރުމާއި ތިމާވެށީގެ ދާއިރާ: ކައުންސިލް ނާއިބްރައީސާ އަލްފާޟީލާ އާއިޝަތު ނަޛްދާ
• އިޖްތިމާއި ކަންތައްތަކާއި ކުޅިވަރުގެ ދާއިރާ : ކައުންސިލް މެމްބަރ އަލްފާޟިލް އިބްރާހީމް ރަޝީދު
• ތައުލީމާއި ސިއްހަތު ދާއިރާ: ކައުންސިލް މެމްބަރ އަލްފާޟިލާ ޝީބާ އަހްމަދު
• އިޤްތިސާދާއި ވިޔަފާރީގެ ދާއިރާ : ކައުންސިލް މެމްބަރ އަލްފާޟިލް ޝިފާޢު އަހްމަދު
• މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ: ކައުންސިލް މެމްބަރ އަލްފާޟިލާ ޝަބީބާ ޙަސަން
• ޔުޓީލިޓީއާއި މުނިސިޕަލް ހިދުމަތުގެ ދާއިރާ: ކައުންސިލް މެމްބަރ އަލްފާޟިލް ޒައިނުއްދީން މުޙައްމަދު